ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 132 ކިލޯވޯލްޓް ސަބްސްޓޭޝަން ފުޅާކޮށް، ކަރަންޓު ދޫކުރަން ފަށައިފިއެވެ.
މި ކާމިޔާބީއާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ވަނީ، އެ ކުންފުނީގެ އިންޖިނިއަރުންނާއި މުވައްޒަފުންއި މުވައްޒަފުން މި ލަނޑުދަނޑި ހާސިލުކުރުމުގައި ދެއްކި އިސްތިސްނާ ހިތްވަރާއި ޕްރޮފެޝަނަލިޒަމްއަށް ތަޢުރީފުކުކުރައްވާފައެވެ.
އަދި މި މަސައްކަތް ކުރިއަށްދިޔައިރު ރައްޔިތުން ދެއްކި ކެތްތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން، މި ކާމިޔާބީ ހޯދުމަށް މަގުފަހިކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި ލީޑަރޝިޕާއި ދެއްވި އެއްބާރުލެއްވުމަށް އިޚްލާޞްތެރި ޝުކުރު ދަންނަވާފައިވެއެވެ.
އެކުންފުނިން މި މަސައްކަތް ކުރިއަށް ގެންދިޔައީ ކަރަންޓު ކެނޑުމުގެ އުނދަގޫ ވީހާވެސް ކުޑަކޮށްގެންނެވެ.