މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ބެހުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިޢުލާނާ އެއްގޮތަށް ކުރިއަށް އޮތް ރަމަޟާން މަހަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާކުރެވޭނެއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެންނެވެ. އަދި މިފްކޯއިން ބުނެފައިވަނީ އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިންމާލެވޭނެ ކަމަށެވެ.
މިފްކޯއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މަސްދަޮތުގައި މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރޭވެމުންދެއެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ޖަލްސާއެއްގައި ރައީސް އިޢުލާންކުރެއްވި ކަމެކެވެ. ފާއިތުވި އަހަރުގެ ރަމަޟާން މަހު ސަރުކާރުން ހުރިހާ ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރެއްވިއެވެ. އަދި މީގެ އިތުރުން ފެނާއި ކަރަންޓު ބިލުތަކުން ޑިސްކައުންޓްތަކެއްވެސް ދެއްވާފައިވެއެވެ.
ކޮން ތަކުގައިހޭ ބަހަނީ؟