ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު ސްޓެލްކޯގެ މުވައްޒަފުން އަތުލައިގަންފިއެވެ. އަދި މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ދަނީ ކުރަމުންނެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށް ވެސް ސްޓެލްކޯއިން ހާމަކުރެއެވެ.

ފުލުހުން ނޫނީ ކޯޓުން އަވަހަށްއެމީހާދޫކޮއްލާ
ފުލުހުންނަށް ފޭސް 2 ގެ ޓްރާންސްފޯރމަރު ނުބެލެހެށްޓުނު. ދެރަ ވަރު. ކިއްކުރާ ބައެއްތޯ މުސާރަ ނަގައިގެން. ލަދުން ބޯހަލާކު.