ސްޓެލްކޯގެ މުވައްޒަފުންނަށް ރިސާލަަތު ޕްރޮގުރާމްގެ ދަށުން ހާއްސަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯގައި ކުރިއަށް ގެންދިޔަ މި ދަރުސް ކުރިއަށް ގެންގޮސްފައިވަނީ ‘ޒަކާތް’ މަޢުޟޫއުއަށެވެ. މި ދަރުސް ނަންގަވައިދެއްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ރިސާލަތު ޕްރޮގުރާމްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީގެ އިތުރުން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ، ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރޭވިގެން ހިންގޭ މުހިއްމު ޕްރޮގުރާމެކެވެ.