- Advertisement -ad image

ފާޑުކިޔުން ހުއްޓުވުމަށް ކުރާ މަސައްކަތުން އުފެދެނީ އިތުރު ނުރުހުން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ހަންމަތަ ކުރަން ކުރާ މަސައްކަތުން އުފެދެނީ އިތުރު ނުރުހުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ. އިންޑިއާ އައުޓް ހަރަކާތުގެ މެނޭޖަރ މުހައްމަދު އިސްމާއިލް އިއްޔެ ހައްޔަރު ކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންވަނީ މިކަމާ ނުރުހުން ފާޅުކޮށް އަޑުއުފުލުމަށް ރޭ މަގުތަކަށް ނިކުމެފައެވެ. އަދި ރޭގެ އެއްވުން ރޫޅާލުމަށް ފުލުހުން ނުބައްދަލުބބާރު ބޭނުންކޮށްފައިވާ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީން ވިދާޅުވީ އަނިޔާވެރިކޮށް ސަރުކާރުން ކަންކަން ކޮންޓްރޯލުކުރަނީ ދުވަހަކުވެސް ކުރިން އެކަން ކޮށްފައިނުވާ މިންވަރަކަށް ކަމަށެވެ. އަދި އިންޑިއާގެ ހިމާޔަތުގައި އެ ޤައުމުގެ ފުލުހުންނާއި ސިފައިން ކުރަންވީ މަސައްކަތްކުރާ، ބައެއް ދިވެހި ފުލުހުން ތިބީ، ހަތުރުވެރި އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އުފުލާ އަޑު ނައްތައިލުމުގެ އަޒުމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއިން އެގައުމުގެ މައްޗަށް ފާޑުކިޔާ ފަރާތްތަކުގެ އަޑުކަނޑުވާލަން ގޮތް ހުސްވެގެން އުޅޭ އުޅުމުގެ ސަބަބުން އެގައުމާމެދު ނުރުހުންވާ މިންވަރު އިތުރުވަމުން އަންނަ ކަމަށްވެސް ރައީސް ޔާމީންގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މިހަރަކާތް ހުއްޓުވުމަށް ރައީސް ސާލިހު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ