މިއަދު ހެނދުނު މާލޭ ކެނޑުުނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުތައް ނިވިގެން ދިއުމުގެ ސަބަބުންކަމަށް ސްޓލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ވަނީ އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވާކަމަށް ބުނެފައެވެ. ސްޓެލްކޯއިން ބުނާ ގޮތުގައި މިހާރު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައެވެ.
އަދި ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ދިމާވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދިފައެވެ.