މާލޭގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލަ ހައްލުކޮށް، މުޅި ރަށަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެންނެވެ. ނަމަވެސް، ކުންފުނީގެ ޓެކްނިކަލް ޓީމުގެ މަސައްކަތުން މިހާރު ވަނީ މި މައްސަލަ ހައްލުކޮށް، މުޅި މާލެއަށް އަލުން ކަރަންޓު ދީފައެވެ.
ސްޓެލްކޯއިން ވަނީ މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި ކަރަންޓުގެ ޚިދުމަތް ނުލިބޭ އެއްވެސް ފަރާތެއް ވާނަމަ، ކުންފުނީގެ އެމަރޖެންސީ ހޮޓްލައިން ނަންބަރު 104 އަށް ގުޅުމަށް އެދިފައިވެއެވެ.