- Advertisement -ad image

ފަޔާގެ ހިންގުމުގެ ތަޖުރިބާއިން އެމްޑީޕީއަށް 2023 ކާމިޔާބު ކުރަން ފަސޭހަވާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ފަޔާގެ ހިންގުމުގެ ތަޖުރިބާ އާއެކު ޕާޓީ އާއެކު ކުރިއަށް ގޮސް 2023 ކާމިޔާބު ކުރުމަށް ރަނގަޅު މިސްރާބަށް ދަތުރު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބުކުރެއްވި ފައްޔާޒު އިސްމާއިލްއާ ބައްދަލު ކުރެއްވުމަށްފަހު މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ، ފައްޔާޒާއެކު އެމްޑީޕީ ބާރަށް ކުރިއަށްދާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއަރ ޕާސަންއެއް ހޮވުމުގެ އިންތިހާބު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އިންތިހާބުގައި ވާދަކުރީ އިމްތިޔާޒު ފަހުމީ އާއި ފައްޔާޒު އިސްމާއިލްއެވެ. ރައީސް ސާލިހު ތާއީދު ކުރެއްވި ކެންޑިޑޭޓު އިންތިހާބު ކާމިޔާބު ކުރެއްވީ 27327 ވޯޓުންނެވެ.

މި އިންތިހާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަނީ ބައިބާވުން އުފެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ