- Advertisement -ad image

ދެވަނަ ފަހަރަށްވެސް މުހައްމަދު އިސްމާއިލް ހައްޔަރު ކުރީ ގާނޫނާ ހިލާފަށް: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމް ހަރަކާތު ކޮމިޓީގެ ޗެއަރ ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ރޭ ވެސް ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓު ހަރަކާތް ކުރިއަށް ގެންދާތީ މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުހައްމަދު އިސްމާއިލް ހައްޔަރުކޮށް ދޫނިދޫއަށް ރޭވެސް ގެންދިޔައީ ގައިރު ގާނޫނީ ގަރާރަކަށް ތަބާވެ ނެރުނު ގާނޫނާ ހިލާފު ކޯޓު އަމުރަކުން ކަމަށެވެ. އަދި މުއްދަތު މަޖިލީހަށް ހާޒިރު ކުރުމަކާނުލާ މިހާރުން މިހާރަށް ދޫކޮށްލުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.

މިމަގެ 18 ވަނަ ދުވަހުވެސް މުހައްމަދު އިސްމާއިލް ފުލުހުން ހައްޔަރު ކުރިނަމަ ވެސް ކޯޓަށް ހާޒިރުކޮށް މުއްދަތު ޖަހައި ނުދިނުމުން 19 ވަނަ ދުވަހު ދޫކޮށްލިއެވެ. އޭގެ ފަހުން ރޭ އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީއެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ