އިޖުތިމާޢީ އަދި ސިޔާސީ އެކި މަންސަތަކުގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފަހުމީ ވިދާޅުވެއްޖެއެވެ.
މިފަދަ ނޭއްގާނީ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން ފަހުމީ ވިދާޅުވީ، ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުމުން ދުރުވެތިބޭ، އަދި އެފަދަ ނޭއްގާނީ ޢަމަލުތަކާއި ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށާއި، އެއްވެސް ސަބަބަކާހުރެ ކުޑަކުދިންގެ އަބުރާއި ކަރާމާތަށް އަރައިގަތުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫންކަން މި ބަޔާނުން ފާހަގަކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގައި ކުޑަކުދިންނާ ގުޅޭގޮތުން ކުރެވޭ ޒިންމާދާރުނޫން ޕޯސްޓުތަކާއި ކޮމެންޓުތަކުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.



