މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު މައްސަލައިގައި، އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރަމުންދާކަމަށް ބުނެފިއެވެ..
ސްޓެލްކޯއިން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ކަމަށެވެ. އަދި މި މައްސަލަ ދެނެގަތުމަށްފަހު، ވީ އެންމެ އަވަހަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މިހާރު ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދެމުންދާ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.



