- Advertisement -ad image

ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި ސާފުތާހިރު މަސައްކަތުގެ މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުން ކަމަށެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން، ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި، ދަނގަޑާއި، އެނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މި ޕޮރޮގްރާމްގެ މި އަހަރުގެ ޝިޔާރަކީ “ރައްކާތެރި މަސައްކަތުގެ މާހައުލެއް – ހިދުމަތް ދިނުމުގެ ރޫހް” އެވެ.
މި ޕްރޮގްރާމަކީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފުގެ އިސްނެންގެވުމުގެ ދަށުން މުވައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ސާފުތާހިރު، ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ތިމާ ދިރިއުޅޭ ތަނާއި އެކު، މަސައްކަތް ކުރާ ތަނެއްގެ ސާފުތާހިރުކަމާއި އަދި ތަރުތީބުކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި މި އަހަރުގެ ބަޔޯޑައިވާރސިޓީ ދުވަހާ މިއަދު ދިމާވުމުން، ބަޔޯޑައިވާރސިޓީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ބިލްޑިން ޝެއާޑް ފިއުޗާ ފޯ ލައިފްކަމަށްވާއިރު، އެންމެން އެކުވެގެން ދިރުންތައް ރައްކާތެރި ކުރުމަށް މުސްތަގުބަލަށް ކަންކަން ރޭވުން މުހިންމު ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި ދުވާލުގެ މަސައްކަތުން 8 ގަޑިއިރު ވަޒީފާގައި ހޭދަ ކުރާއިރު ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ތިބީ އެތަނެއްގައި މަސައްކަތް ކުރާ ބައެއްކަން ފާހަގަކޮށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އެންމެ ބޮޑު އެދުމަކީ އެންމެން އެކުގައި މި މަސައްކަތް ކުރުން ކަމަށެވެ. މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ވަނީ ސްޓެލްކޯއިން ހިދުމަތްދޭ 35 އިންޖީނުގޭގައި އެއްފަހަރާ ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ