- Advertisement -ad image

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމާ ފައްޔާޒު ހަވާލުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕަރސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ރަސްމީކޮށް ހަވާލުވެއްޖެއެވެ. ފައްޔާޒު މަގާމާ ހަވާލުވެވަޑައިގެން މިއަދު ވަނީ އެޕާޓީގެ ސެކެރެޓޭރިއެޓްގެ ވެރިންނާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ޕާޓީގެ އިސް މަޤާމުތައް ފުރުއްވަމުންދާ އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ. ޗެއާސަންގެ މަޤާމު ފައްޔާޟު ކާމިޔާބުވީ 7،000 ވޯޓުގެ ތަފާތުންނެވެ. މި އިންތިޚާބުގައި ފައްޔާޒަށް ލިބިވަޑައިގަތީ 27،406 ވޯޓެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ. ޖުމްލަ 48،583 މީހަކު ވޯޓްލާފައިވެއެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ކާމިޔާބުކުރައްވާ މިނިސްޓަރ ފައްޔާޟް ވަނީ އެންމެ އިސްކަމެއް ދެއްވާނީ ޕާޓި ހަރުދަނާކޮށް، 2023ގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުމަށްކަމަށް ވިދާޅުވެފައެވެ.

.އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ފައްޔާޒުގެ ޗެއާޕަރސަން ކަމުގައި އެމްޑީޕީއަށް ކާމިޔާބު ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް ކެމްޕެއިންގައި އިމްތިޔާޒު ފަހުމީ ވެސް ވަނީ ފައްޔާޒު އަކީ އެތައް ބައިވަރު ކަމެއް އޮންނަ އުސޫލުން ބޭރުން ކުރަމުން އަންނަ މީހެއް ކަމަށް ތުހުމަތުކޮށް ވާހަކަދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ