- Advertisement -ad image

މިވަގުތު މުޅި މާލެއިން ވަނީ ކަރަންޓް ކެނޑިފައި، އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ދަނީ ކުރިއަށް: ސްޓެލްކޯ

ad image

ގުޅުންހުރި ލިޔުންތައް

މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވަނީ ރޭ 4:30 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައަކަަ ގުޅިގެން ނަމަވެސް ވީހާވެސް އަވަހަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ދިޔައީ 8 ފީޑަރ އަކުން ކަމަށާއި ފޯލްޓް އައިޑެންޓިފައި ކުރަން ފީޑަރ އަކަށްފަހު ފީޑަރއަކަށް ކަރަންޓް ދެމުން ދަނިކޮށް މުޅު މާލެ ބްލެކް އައުޓަކަށް ދިޔައީ 8 ވަނަ ފީޑަރ އަށް ކަރަންޓް ދިން ފަހުން ކަމަށެވެ.

އަދި ފޯލްޓް އައިޑެންޓިފައި ކުރެވުނު އިރު އެނގިގެންދިޔަޔައީ ވަނަ 8 ފީޑަރގެ ސްވިޗް ގިއަރެއްގެ މައްސަލަޖެހިފައިވާ ކަން ކަމަށާއި އަދި އެ ސްވިޗް ގިއަރގެ ކޭބަލް އެހެން ގިއަރަކާ ގުޅުމުގެ މަސައްކަތް ކުރަމުނދާ ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ. ފީޑަރ އަށެއް ނޫނީ އެހެން ހުރިހާ ފީޑަރުތަކަށް މިވަގުތު ކަރަންޓްދީފައިވާ ކަމަށާއި ފީޑަރު އަށަކަށް ކަރަންޓްދޭން އިތުރު އެއް ގަޑި އިރު ނަގާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯގެ މެއިން ޕަވަރ ހައުސް އިން ބީއެމްއެލް އެހުރި ހިސާބަށް އިތުރު ކޭބަލްއެއް އަޅައިގެން އެ ފީޑަރަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޑީ ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ