- Advertisement -ad image

ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެނީ! ރައްކާތެރިވޭ!

ad image

ގުޅުންހުރި ލިޔުންތައް

ފާނަބަސަންދު އާދަޔާ ހިލާފަށް ގިނަވާން ފަށާފައިވާ ކަމަށް ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ޑރ ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާނަބަސަންދު ޖެހިގެން ތުއްތު ދެ ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައިވާ ކަމަށާއި އެއް އަހަރުން މަތިގެ ކުއްޖެއް ނަމަ ވެކްސިން ދެވޭނެ ކަމަށެވެ.

އަދި ފާނަބަސަންދު އަށް މުޅިއެކު ދޭން ޖެހެނީ ވެކްސިންގެ ދެ ޑޯޒް ކަމަށާއި 2 ވަނަ ޑޯޒަކީ ބޫސްޓަރ ޑޯޒް ކަމުން މި ޑޯޒު ޖަހާނީ ދޭތެރެ މެދަށް ތިން މަސް ފަހުން ކަމަށް ޑރ ވިދާޅުވިއެވެ. ޑރ ފައިސަލް ވަނީ ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

 ފާނަ ބަސަނދު ޖެހިފައިވާ މީހެއްގެ ގައިގައި އުފެދިފައިވާ ފޮޅުތަކުން ބޭރުވި ދިޔައިގައި ބީހުމުން، ނުވަތަ އަތްލެވުމުން، ސަލާމަތުން ހުރި މީހާގެ އަތް ބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރު ވުމަށް ފަހު، އެއަތް ނުދޮވެ، އަނގަ، ލޯ، ނޭފަތުގައި ޖައްސައި ނުވަތަ އަތްލައި ހަދައިފިނަމަ އެމީހަކަށް ފާނަ ބަސަނދު ޖެހިދާނެ އެވެ. އަދި ބަލިޖެހިފައިވާ މީހާ ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ބޭރުވެގެންދާ ވައިރަސްތައް ވައިގެ ޒަރީޢާއިން ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ވާޞިލް ވެއްޖެނަމަ ވެސް އެމީހަކަށް ފާނަ ބަސަނދު ޖެހިދާނެ އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް އަކީ ވެސް ފާނަބަސަންދު އާއި ވަރަށް އެއް ގޮތްބައްޔެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ