- Advertisement -ad image

ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައްހައްލުކޮށް ދިނުމަށް އެދި މަޖިލީހަށް ގަރާރެއް!

ad image

ގުޅުންހުރި ލިޔުންތައް

ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކުރުމަށް ގަރާރެއް ހުށަހަޅައިފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކޮށް، ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް ތަންފީޒުކޮށް ކައުންސިލްތައް ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާތީ އެ ފަދަ ގަރާރެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.

އެ ގަރާރުގައި ވަނީ ކައުންސިލްތަކަށް ގާނޫނީ ގޮތުން ބާރުވެރިކަން ލިބިދީފައިވީ ނަމަވެސް ކަންކަން ތަންފީޒުކުރުމުގައި ވަކިން ހާއްސަކޮށް މާލީ ގޮތުން ކައުންސިލްތަކަށް މަސައްކަތް ކުރުމުގައި ދަތިތައް ދިމާވާ ކަމަށާއި، ސިވިލް ސާވިސް ތެރެއިންވެސް ބޮޑެތި ދަތިތައް ކުރިމަތިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން މަސައްކަތް ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މުވައްޒަފުން ހޯދަން އެދުމުން، އެކަން ކޮށްނުދެއްވާ ރުކުރުވާލައިގެން މަސައްކަތްތައް ކުރުމަށް ސިވިލް ސާވިސް އިން ކައުންސިލްތަކަށް އަންގާކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އަދި ކައުންސިލްގެ މަގާމުތައް އުފެއްދުމަށް ކުރާ ރިކުއެސްޓުތައް ސިވިލް ސާވިސް ކޮމިޝަނުން އެޕްރޫވް ކުރުމަށް މަދުވެގެން ތިނެއް ނުވަތަ ފަސް ހަފްތާގެ މުއްދަތު ނަގާ ކަމަށާއި އެ ހުއްދަ ލިބުމުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން މަދުވެގެން އެއް މަސްދުވަސް ނަގާ ކަމަށް ގަރާތުގައި ބުނެފައިވެއެވެ.

ގަރާރުގައި ބުނީ ކައުންސިލްތަކުގެ އޮނިގަނޑު ފޮނުވުމަށް އެލްޖީއޭއިން އެދުމުން ކައުންސިލްތަކުން އޮނިގަނޑު ފާސްކޮށް ފޮނުވި ނަމަވެސް އޮނިގަނޑު ފާސްނުވެ މި އަހަރު އަނެއްކާވެސް އާ އޮނިގަނޑު ފޮނުވުމަށް ފޮވުމުން އެންގުމުން އޭގެ ސަބަބުންވެސް ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން މަދުވެފައިވާ ކަމަށެވެ.

މުވައްޒަފުން މަދުވުމުގެ ސަބަބުން ކައުންސިލްތަކުގައި މިހާރު ތިބި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި ނުބައްދަލު ޒިންމާ އުފުލުމަށް މަޖުބޫރުވެފައިވާތީ އާއި އާބާދީތަކަށް ހިދުމަތްކޮށްދިނުމަށް މަދު މުވައްޒަފުން ތިބުމުގެ ސަބަބުން ކައުންސިލްތަކުން ފޯރުކޮށްދިނުމަށް ލާޒިމްކުރާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލަސްވެ، ރައްޔިތުންގެ ޝަކުވާ ކައުންސިލްތަކަށް އަމާޒުވަމުންދޭ،” ގަރާރުގައި ބުނެފައިވެއެވެ.

އެހެންވެ މުވައްޒަފުން ނެގުމަށް ސިވިލް ސާވިސްގައި އެދުމުން ވަގުތީ މަގާމު ނެގުމަށް ހުއްދަ ދޭތީ މުވައްޒަފު ވަޒީފާއަށް އަހުލުވެރިވެ މަސައްކަތް ރަނގަޅަށް ކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަޒީފާގެ މުއްދަތު ހަމަވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އަދި އެގޮތަށް މުވައްޒަފުން ނެގުމަށް ހުއްދަދޭ އިރުވެސް ހުއްދަދެނީވެސް އެދިފައިވާވަރަށްވުރެ މަދުން ކަމަށެވެ.

ލޭންޑް ޔޫސް ޕްލޭންތައްވެސް ނުހެދި މަސައްކަތް ހުއްޓިފައިވާތީ ސަރުކާރުގެ ވުޒާރާތަކުން ރަށު ކައުންސިލްތަކުގެ ކަންކަން ނިންމާއިރު އަތޮޅު ކައުންސިލްތަކަށް އެކަންކަން ނޭނގޭތީއާއި، އަތޮޅު އައި ރަށު ކައުންސިލްގެ އެއްވެސް ބަހެއް ނެތި އަތޮޅުތަކުގެ ކަންކަން ނިންމާ ކަމަށް ގަރާރުގައި ބުންޏެވެ. އަދި ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހަނިކޮށް ސަރުކާރުން ކަންކަން ނިންމަމުން ދިއުމުގެ ސަބަބުން ސިޓީ ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހުއްޓިފައިވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ