- Advertisement -ad image

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ ސަރަހައްދު ކަނޑައެޅީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ ސަރަޙައްދު ކަނޑައެޅީ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ކަމަށާއި، ދެންވެސް ބަދަލު ގެންނާނީ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ކަމަށް މާލެ ސިޓީ ގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއާއިއެކު މޭޔަރު ވިދާޅުވީ ވިލިމާލޭގައި ކުރަމުންއަންނަ ފައިބަރު މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވަނީ ތިލަފުށި ފަދަ ރަށެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ ފައިބަރު މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވަނީ މީހުން ދިރިނޫޅޭ ރަށެއް ކަމަށެވެ. 

އެގޮތުން ތިލަފުއްޓަކީ ސިނާޢީ މަސައްކަތް ކުރާ ރަށެއްކަމުން އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ ތިލަފުށި ކަމަށެވެ. 

މޭޔަރު ވިދާޅުވީ ވަގުތީ ގޮތުން މިހާރު ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ސަރަޙައްދަކީ ވެސް ކުރިން ހުރި ސަރަޙައްދު އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް ރައްޔިތުން އެދުމުން ބަދަލު ކުރުމަށް ނިންމި ސަރަޙައްދެއްކަމަށެވެ. އެ ސަރަޙައްދަށް ވަގުތީ ގޮތުން ބަދަލު ކުރުމަށް ނިންމާފައިވަނީ ވައި ޖެހޭ ގޮތަށް ބެލުމަށް ފަހުގައި ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. 

މޭޔަރު އިތުރަށް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ވަގުތީ ގޮތުން ފައިބަރު މަސައްކަތް ކުރުމަށް ނިންމާފައިވާ ސަރަޙައްދާއި ގުޅިގެން އެއްވެސް ޝަކުވާއެއް އައިސްފައި ނުވާ ކަމަށާއި އެހެންނަމަވެސް ފަހުން ރައްޔިތުންގެ މެދުގައި އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ ޝަކުވާތަށް ކައުންސިލަށް އައިސްފައިވާ ކަމަށެވެ. އަދި ކައުންސިލުން އެކަމަށް ހައްލެއް ގެންނާނީ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުން ހިތްހަމަޖެހޭ ގޮތަކަށް ކަމުގައި މޭޔަރު ވިދާޅުވިއެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ