މޯލްޑިވްސް އިމިގްރޭޝަނުގެ އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަޤާމަށް މީހުން ހޯދުމަށް މިއަދު ގަލޮޅު ސްކޫލުގައި ވޯކް-އިން އިންޓަވިއުއެއް ބާއްވައިފި އެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިއަށްދިޔަ މި އިންޓަވިއުގައި، ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކަކާއެކު ގަލޮޅު ސްކޫލަށް ހާޒިރުވުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.
އިމިގްރޭޝަންގެ މި ވޯކް-އިން އިންޓަވިއުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޒުވާާނުން ވަނީ ކިއު ދަމާލާފައެވެ.
އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ވޯކްއިން އިންޓަރވިއުއައްފަހު ވަޒީފާ ލިބޭނީ އެންމެ ގާބިލު 50 މީހުންނަށެވެ. އިންޓަވިއު އަށްފަހު 2 އިމްތިހާނެއް ކުރިއަށްގެންދާނެކަމަށާއި، އެއަށްފަހު ހޮވޭ 50 ކުދިން އިއުލާން ކުރެވިގެންދާނެކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.