- Advertisement -ad image

ގޮތް ދޫކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ސައީދު ގޮވާލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ގޮތް ދޫކޮށް ސަރުކާރުގެ ހަރަދުތައް ވަގުތުން ކުޑަކުރުމަށް މާވަށުގެ ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހިތުހުރި ވަރަކަށް ފައިސާ ޗާޕު ކުރުމާއި ލޯނުގެ މައްޗަށް ލޯނު ނަގައިގެން ސަރުކާރު ހިންގުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ބޮޑެތި އިމާރާތްތަކާއި ސްކޫލް މަދަރުސާތައް މިހާރުވެސް ވަނީ ރަހުނު ކޮށްފައި ކަމަށާއި ތެލާއި ކާރޑަށް ލޯނު ނަގަމުން ދާ ކަމަށް ސައީދު ވިދާޅުވިއެވެ.

ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގެ ދަތިކަމާ ބޮޑުވަމުން އަންނަ އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ރިޒާވް މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިން މިއަދު ވަނީ ބުނެފައވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރިޒާވުގައި 800 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ