މާލޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު މެންދުރު ބާރަ ގަޑި ތިރީސް ހާއިރު މުޅި މާލެ ސަރަހައްދުން ވަނީ ކަރަންޓް ކެނޑިފައެވެ.
ކަރަންޓް ކެނޑިފައި ހުންނަތާ ތިން ގަޑިއެއްހާއިރު ފަހުން މިހާރު މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓްދީފައެވެ. ސްޓެލްކޯއިން ބުނީ ކަރަންޓް ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މާލޭ ސަރަހައްދުން ކަރަންޓް ކެނޑުމާއި ގުޅިގެން ސްޓެލްކޯގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް އިރުކޮޅެއް ތެރޭގައި ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.



