އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ ކެތްލެބްގެ ޚިދުމަތް 5 އަހަރު ދުވަހުގެ މުއްދަތަށް މެނޭޖްކޮށް އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވާގޮތުން މި މަސައްކަތަށް ކުރިމަތިލެވޭނީ “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީ.އޯ.އައި) ހުށަހަޅައިގެންނެވެ. އަދި މި ފުރުސަތު ވަނީ މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.
މި މަސައްކަތާ ގުޅޭ އެންމެހާ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) 15 ޖޫން 2025 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އަދި މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.
މި މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއް ވާނަމަ، 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. އަދި މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓާ ގުޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް މުޢާމަލާތް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.



