ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ވަޢުދު ފުރިހަމަކުރުމުގެ މަސައްކަތުގެ ތެރެއިން، ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި، ރައީސްގެ ވަޢުދު ފުއްދުމަށް ސްޓެލްކޯއިން ވަނީ ވެސް 500،000 ގަސް އިންދުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ކުންފުނިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
“މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވައުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތައް ފަސްލައްކަ ގަސް އިންދިގެންދާނެ،” ފަހުމީ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދު ދުވަސްތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށްދާއިރު، މި މަސައްކަތުގައި ކުންފުނީގެ މުވައްޒަފުންގެ އިތުރުން ރަށްރަށުގެ ރައްޔިތުންގެ ބައިވެރިވުން ވެސް ހޯދަމުން ގެންދެއެވެ.



