- Advertisement -ad image

ހަރުކަށި ފިކުރާއި، ޓެރަރިޒަމް ހުއްޓުވުމަށް މި ދާއިރާތަކުން މީހުން ބިނާކުރުމަށް ތުރުކީގެ އެހީތެރި ކަމަށް ހޯމް މިނިސްޓަރު އެދިވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ދީނީ ހަރުކަށި ފިކުރާއި، ޓެރަރިޒަމްއާއި، ޑްރަގް ޓްއރެފިކިންގ ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް އެދާއިރާތަކުން މީހުން ބިނާކުރުމާއި، ވަޞީލަތްތައް ޤާއިމްކުރުމުގައި ތުރުކީގެ އެހީތެރިކަމަށް ހޯމް މިނިސްޓަރ އިމްރާނު އަބްދުالله އެދިވަޑައިގެންފިއެވެ. ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރުކީގެ ދާހިލީ ވަޒީރާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ކުށްވެރިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ތުރުކީގެ ޓެކްނިކަލް އެހީތެރިކަމަށްވެސް އެދިވަޑައިގެންނެވިއެވެ.
ތުރުކީގެ ދާޚިލީ ވަޒީރާ ވަކިން ބައްދަލުކުރައްވާ މިނިސްޓަރ ޢިމްރާން ވަނީ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށްގެންދަވާފައެވެ. 

ރަސްމީ ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދާޚިލީ ވަޒީރުން ވަނީ ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ދާޚިލީ ސަލާމަތާ ގުޅޭގޮތުން ތުރުކީގެ އެހީތެރިކަމާއި ތަޖުރިބާ ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތައް ފެއްޓެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޖިއޮގްރަފީ ގޮތުން ދެޤައުމު ކިތަންމެ ތަފާތު ނަމަވެސް، ދެޤައުމުގެ ދެމެދުގައި އޮތީ ޒަމާންވީ ތާރީޚީ ގުޅުމެއްކަމަށެވެ. އަދި މިއީ އިސްލާމީ ދެޤައުމުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދެޤައުމުގެ ރައްޔިތުންގެ ދިރިއުޅުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައިވަނީ އެއްގޮތް ކަންތައްތަކެއްގެ މައްޗަށްކަމަށެވެ. އަދި މީގެ 900 އަހަރު ކުރިން ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނީއްސުރެވެސް ތުރުކީއަކީ ރާއްޖެއިން މިސާލަކަށް ބަލާ ޤައުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތުރުކީގެ ރައީސް އުރުދުގާންއާއި ސަރުކާރުން ދުނިޔެއަށް، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކަށް ދައްކާ ލީޑަރޝިޕްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ