- Advertisement -ad image

އަސްކަރީ ފީލްޑްގެ ދެ އެމްބިއުލާންސް އިންޑިއާއިން ހަދިޔާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް އަސްކަރީ “ފީލްޑް އެމްބިއުލާންސް” ގެ ދެ އެމްބިއުލެންސް ހަދިޔާކޮށްފިއެވެ.

ބަނޑާރަކޮށީގައި އޮންލައިންކޮށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ. އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދުއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަަކަފުޅުގައި މި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދުގެ ވާހަކަފުޅުގައި ވެސް އެމްއެންޑީއެފްގެ މެޑިކަލް ކޯރއަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ