ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން އެބަލިބެމުން އަންނަ ކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގާފައިވާނަމަ އެކަން ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މިފަދަ ކަމެއް ހިނގާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާތީ އެކަން ހިނގާފާގޮތް ބެލުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.