އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ސިވިލް ސަރވިސް ޓްރެއިނިންގ ޑައިރެކްޓަރީގައި ހިމެނޭ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމެއްގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަން އަމާޒުކުރެވިފައިވަނީ ވުޒާރާގެ ދަށުން ހިންގާ ޢާއިލާތަކާއި ކުޑަކުދިންނަށް ޚިދުމަތްދޭ މަރުކަޒުތަކުގެ ކެއަރ ވޯކަރުންނާއި ސަޕޯޓް ސްޓާފުންނަށެވެ.
އޮންލައިން އަދި ފިޒިކަލްކޮށް ކުރިއަށް ގެންދެވުނު މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ “އެސެންޝިއަލް ސްކިލްސް” ގެ މުހިންމު ބައިތަކުގެ މައްޗަށެވެ. މި ސެޝަންތަކުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ޕްރޮގްރާމަކީ ސިވިލް ސަރވިސް މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.



