މާލެ އަދި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ.
މާލޭ އޭރިއާއިން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެނދުނު 9:30 ހާއިރު އެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
ސްޓެލްކޯގެ ފަރާތުން ވިދާޅުވި ގޮތުގައި މި ވަގުތު ކުންފުނީގެ ޓެކްނިކަލް ޓީމްތަކުން ދަނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ އަޕްޑޭޓް ވީހާވެސް އަވަހަކަށް ހިއްސާކުރާނެ ކަމަށް ވެސް ވަނީ ބުނެފައިވެއެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން މާލެ އަދި ހުޅުމާލޭގެ ގިނަ އޮފީސްތަކާއި ވިޔަފާރިތަކުގެ މަސައްކަތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.



