މާލޭގައި ހުރި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި، އެތަނުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1 ޖަހާކަށް ހާއިރުއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، އިމާރާތުގެ ބައިތައް ވެއްޓުމުގެ ސަބަބުން ޖެހިގެން ހުރި އިމާރާތަކަށާއި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ދެ ސައިކަލަކާއި ދެ ކާރަކަށް ގެއްލުންވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންދަނީ ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.



