- Advertisement -ad image

 ވަޤުފް، ޒަކާތް އަދި ޙަލާލު ސެޓެފިކެޓް ދޫކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ވަޤުފް، ޒަކާތް އަދި ޙަލާލު ސެޓެފިކެޓް ދޫކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ތުރުކީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފިއެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ތުރުކީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސްއާއި ވަނީ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މިބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުވުމުގައި ޕްރޮފެސަރ ޑރ. އަރްބާސްގެ ވާހަކަފުޅުގައި ދެމުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

 މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އިންސާނީ ވަސީލަތާއި އެހެނިހެން ގާބިލްކަން އިތުރުކޮށް ތަޖުރިބާ ބަދަލުކުރުމާއި ގުޅޭގޮތުން މިބައްދަލުވުމުގައި ވާހަކަދެކެއްކިއެވެ. މި ދަތުރުފުޅުގައި ރާއްޖޭގައި ވަޤުފް، ޒަކާތް އަދި ޙަލާލު ސެޓެފިކެޓް ދޫކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ތުރުކީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ