- Advertisement -ad image

ގާނޫނާއި ހިލާފަށްކޮށްފައި ހުރި ހުރިހާ ކަމެއް ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނެ: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް

ގާނޫނާ ޚިލާފަށްކޮށްފައި ހުރި ހުރިހައިކަމެއް ވެސް ޕީޕީއެމްގެ ވެރިކަމެއްގައި ބަލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް މިއަދު ޖޭއެސްސީން ފުލުހަށް ހުށަހަޅާފައިވާތީ އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭ.އެސް.ސީ އިން ފޮނުވާނެ ތަނަކަށް މައްސަލަ ފޮނުވަންވީ ކަމަށެވެ.

ޙަރާމް ޙުކުމެއް ކޮށްފައި އޮތިއްޔާ އެ މައްސަލަ ޕީ.ޕ.ީއެމްގެ ވެރިކަމުގައި ބަލާނެ ކަމަށާއި ހަމައެކަނި ބަލާނީ އެކަން ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އެގޮތުން ގާނޫނާ ޚިލާފަށްކޮށްފައި ހުރި ހުރިހައިކަމެއް ވެސް ބަލާނެ ކަމަށާއި ކުރަމުންދާ ވައްކަންވެސް ބަލާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ އެ ވާހަކަފުޅާއި ގުޅިގެން އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް ޕްލެޓުފޯމެއްގައި ފަނޑިޔާރަކަށް އިންޒާރެއް ދީފިނަމަ އާންމުކޮށްވެސް އެ ކޮމިޝަނުން އަމަލުކުރާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ