- Advertisement -ad image

ބައެއް ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެއްބާރުލުން ނުދޭ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

އ.ތ.މ ކޮމެޓީތައް އިންތިޚާބުކުރާ ގޮތަށް ކަނޑައަޅައި އެކޮމެޓީއަކީ ހިންގުންތެރި މަސައްކަތްތަކެއް ކުރެވޭގޮތަށް ސަރުކާރުން ބަދަލުތައް ގެންނަވާފައި ވީނަމަވެސް އަދިވެސް ބައެއް ކައުންސިލުތަކުން އެ ކޮމެޓީއަށް ދޭންޖެހޭ އެއްބާރުލުން ދެއްވަމުން ނުދާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިން ވަނަ ސެޝަން ޗެއަރކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކައުންސިލުތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި އ.ތ.މ ކޮމެޓީތަކަށް ކައުންސިލު އިދާރާތަކުން ޖާގަހަމަޖައްސައިދިނުމުގައި ބައެއް ކައުންސިލުތަކުން ފަސްޖެހޭކަމުގެ ޝަކުވާ މަދުންނަމަވެސް ލިބޭކަން ފާހަގަކުރައްވައި އެގޮތަށް ކައުންސިލަކުން އެކަންކުރެވިފައި އޮތް ނަމަވެސް މިހާރުން މިހާރަށް އެކަން ބަދަލުކުރައްވައި ކައުންސިލަށް އޮތް ޖާގައެއްގެ ތެރެއިން އ.ތ.މ ކޮމެޓީއަށް ޖާގަ ހަމަޖައްސައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އ.ތ.މ ކޮމެޓީން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން އ.ތ.މ ކޮމެޓީތަކުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އެންމެބޮޑަށް އެ ކޮމެޓީތަކަށް ކުރިމަތިވާ އެއްކަމަކީ މާލީ ދަތިތައްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ތެރެއިން މިހާރު އ.ތ.މ ކޮމެޓީތަކަށް ކަނޑައަޅާފައިވާ 5 އިންސައަށްވުރެ އިތުރަށް ފައިސާ ކޮމެޓީތަކަށް ބޭނުންވާކަމާއި ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި އ.ތ.މ ކޮމެޓީތަކުގެ މެންބަރުން ތިބުމުން ކުރިމަތިވާ ދަތިތައްފަދަ ކަންކަމުގައި އެކަންކަން ކުރެންއޮތްގޮތަކާމެދު މަޝްވަރާކޮށް ގޮތްތަކެއް ހޯއްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ