- Advertisement -ad image

ޖަޕަނީޒް ގަވަރމެންޓް ސްކޮލަރސިޕްސް 2023 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖަޕާން ސަރުކާރުގެ ފަރާތުން ޖަޕަނީޒް ގަވަރަމަންޓް ސްކޮލަރސިޕްސް ފޯރ 2023 ގެ ދަށުން ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގެ ގުރެޖުއޭޓް ސްކޫލްތަކުގައި ކިޔެވުމަށް ލިބިފައިވާ ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމު ކުރާ ފަރާތުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

އަދި ސްކޮލަރޝިޕަށް ކުދިން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އިންޓަރވިއު މަރުހަލާ އަށް ކުދިން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ފަރާތުން ކަމަށް ވެސް ހައިކޮމިޝަންގެ އިއުލާނުގައި ބުނެފައިވެއެވެ. މިއީ ބެޗްލަރސް އަދި މާރސްޓަސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތަކެކެވެ.

މީގެ އިތުރުންވެސް މި ސްކޮލަރޝިޕަށް އެފްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖޫން 2022 ކަމަށް ބުނެފައިވެއެވެ. އެމިނިސްޓްރީން ބުނެފައިވަނީ ކޯހަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިދާރާ އަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލު ކުރާ އިންސްޓިޓިއުޓެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިއުއޭއިން ގަވޫލު ކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކަމާވެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ