- Advertisement -ad image

ޖަޕާނާއި އީޔޫއަށް ހަމަޖެއްސި ސަފީރުންނަށް ފަތްކޮޅުދީފި

ad image

ގުޅުންހުރި ލިޔުންތައް

ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ގަލޮޅު ފިޔާތޮށިގެ ޙަސަން ޞާބިރު ހަމަޖައްސަވައި، ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހެންވޭރު ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަނު ކުރައްވައި، އެ ދެ ބޭފުޅުންނަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ޙަސަން ޞާބިރު މި މަޤާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޞާބިރު ކުރިން ހުންނެވި މަޤާމުކަމުގައިވާ ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުން ވަކިކުރައްވާފައެވެ. އަދި ޙަސަން ޞާބިރު ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.

ޢުމަރު ޢަބްދުއްރައްޒާޤު މި މަޤާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢުމަރު ޢަބްދުއްރައްޒާޤު ކުރިން ހުންނެވި މަޤާމުކަމުގައިވާ ސްރީ ލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުން ވަކިކުރައްވާފައެވެ. އަދި ޢުމަރު ޢަބްދުއްރައްޒާޤު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ