- Advertisement -ad image

ތެޔޮ ޓޭންކެއްގައި ރޯވެއްޖެ، އެކަކު ވަރަށް ސީރިއަސް

ad image

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު ސިޓީގައި ތެޔޮޓޭންކެއްގައި ރޯވެ އަނދަން ފަށައިފިއެވެ. މި އަލިފާން ގަނޑު ނިއްވާލުމަށް މިހާރު އެސަރަހައްދުގައި އެއަރޕޯޓ ފަޔަރުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް މައުލޫމާތުލިބެއެވެ.

ރޯވެ އަނދަމުންދަނީ ފުވައްމުލަކު ސިޓީ ބަނދަރުގައި ހުރި ޕެޓްރޯލްޝެޑްގައި ހުރި ތެޔޮ ޓޭންކެއްގައި ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.

އަލިފާން ރޯވެ ގޮވާފައިވަނީ އެ ސިޓީގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ “ދި ހޯކްސް” ތެޔޮ ކޭންކަރެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ގޮވާފައިވަނީ  ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުރި ކުރިން ބޭނުން ކުރި ތެޔޮ ޓޭންކެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ