- Advertisement -ad image

ފުރުސަތު ލިބި، މިއަހަރު ހައްޖަށްދާން ބޭނުންނުވާ މީހުން އަންގަން އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

1443 ވަނަ އަހަރު ހައްޖަށް ދިއުމަށް ދައުވަތު ދެވިފައިވާ ފަރާތްތަކުގެ ތެރެއިން ދައުވަތު ގަބޫލުކުރާކަން ނާންގާ ފަރާތްތަކުގެ ހައްޖު އަންނަ އަހަރަށް ބަދަލު ކުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަހަރި ހައްޖަށް ދިއުމުގެ ދައުވަތު ގަބޫލު ކުރާކަން ނުވަތަ ނުކުރާކަން ސޮއިކޮށްފައިވާ ހައްޖު އޮފާރ ލެޓާ މެދުވެރިކޮށް 31 މެއިގެ ކުރިން އެންގުމަށް ވަނީ އެދިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖަވާބު ނުދޭ ފަރާތްތައް މިއަހަރުގެ ހައްޖު ޖާގަ ލިސްޓުން އުނި ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެފަރާތްތައް އެކުންފުނީގެ ހައްޖު ޖާގަ ލިސްޓުގައި އިހު އޮތް އޯޑަރުން ތަރުތީބު ކުރެވިގެންދާނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ