އަައްޑޫގައި ވަކި ކައުންސިލްތައް ހެދުމަށް ޚިޔާލު ހޯދުމަށް މިއަދު ވޯޓުލުން ފަށައިފިއެވެ.
މި ވޯޓް ނަގާ ތިން އަވަށަކީ ފޭދު އާއި މީދޫ އަދި ހުޅުދު އެވެ. ވޯޓްލުން ފަށާފައިވަނީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:
- ފޭދޫން 4،355 މީހުން
- ހުޅުދޫން 2،874 މީހުން
- މީދޫން 2،347 މީހުން
އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓަށް ޗާޕްކޮށްފައި ވަނީ 9،721 ވޯޓު ކަރުދާހެވެ.
މި ވޯޓަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ އައްޑޫގައި ބެހެއްޓި 11 ފޮއްޓާއި މާލޭގައި ބެހެއްޓީ 7 ފޮއްޓާ އެކީގަ އެވެ. ފޭދޫގައި ޖުމްލަ 5 ފޮށި ބަހައްޓާފައިވާ އިރު، މީދޫގައި ތިން ފޮށި އަދި ހުޅުދޫގައި ވެސް ތިން ފޮށި ބަހައްޓާފައިވެ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ވޯޓުތައް ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުންނެވެ.



