Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުން ކުރިއަށް ދިޔައީ ޞުލްޙަވެރިކޮށް: އެޗްއާރްސީއެމް

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު ވޯޓު ނެގުމުގެ ކަންކަން، ޢާއްމުކޮށް ޞުލްޙަވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގޮސްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ. ސިޓީ ކައުންސިލްގެ އެކުލެވުން ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ހޯދުމަށް ކުރިއަށް ގެންދިޔަ މި ވޯޓުލުން އެޗްއާރްސީއެމްއިން ވަނީ ގާތުން ބަލާ މޮނިޓަރ ކޮށްފަ އެވެ.

އެޗްއާރްސީއެމްއިން ހާމަކުރެއްވި ގޮތުގައި، އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު މެނިޓަރ ކުރުމަކީ އެ ކޮމިޝަންގެ ޤާނޫނުން ލާޒިމްކުރާ ކަމެކެވެ. އެހެންކަމުން، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މި ވޯޓު މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ހާމަކަން ބޮޑު އަދި އިތުބާރުކުރެވޭ ގޮތަކަށް ކުރިއަށްދިޔަތޯ ކަށަވަރުކުރުމަށްޓަކައި، ވޯޓުލުމުގެ މަރުޙަލާ ހުރިހާ މަރުކަޒުތަކެއްގައި ވެސް ވަނީ މޮނިޓަރ ކޮށްފައެވެ. މި މޮނިޓަރިންގގެ ސަބަބުން، ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށްޓަކައި އެޅުނު ފިޔަވަޅުތައް ވަނީ ބަލާފަ އެވެ.

އެޗްއާރްސީއެމްއިން ވަނީ، މި ވޯޓު ނެގުމުގެ ކަންކަން ޞުލްޙަވެރިކަމާއެކު އޮމާންކޮށް ކުރިއަށް ގެންދެވުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަ ކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ. އަދި އީސީއަށް އެހީތެރިވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރެއްވި މުހިންމު ދައުރާއި، ވޯޓުގައި ބައިވެރިވެ، ވޯޓުދިނުމުގެ ޙައްޤު އަދާކުރެއްވި ހުރިހާ ފަރާތްތަކުން ޑިމޮކްރެޓިކް ރޫޙު ކުރިއަރުވައި ދެމެހެއްޓުމަށް ކުރެއްވި މަސައްކަތްތަކަށް ވެސް އެ ކޮމިޝަނުންވަނީ ތަޢުރީފުކުރައްވާފައެވެ.

އެހެންނަމަވެސް، ވޯޓުލުމުގެ އިންތިޒާމުތައް އީސީއިން ގެންގޮސްފައިވަނީ ވަރަށް ފުރިހަމައަށް އިންތިޒާމުތަކެއްގެ ތެރެއިން ނަމަވެސް، އެޗްއާރްސީއެމްއިން ފާހަގަ ކުރެއްވި ގޮތުގައި، ވޯޓުލާ ބައެއް މަރުކަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތެވެ. އަދި ބައެއް މަރުކަޒުތަކުގައި އިތުރަށް އިދާރީ އިންތިޒާމުތައް ރަނގަޅުކުރަން ޖެހޭކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ. މި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ އަޤްލަބިއްޔަތު ވަނީ ސިޓީ ކައުންސިލުން ވަކިވެ ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށް ތާއީދުކޮށްފައެވެ، ނަމަވެސް ފޭދޫގެ އަޣްލަބިއްޔަތު ވަނީ ސިޓީ ކައުންސިލާއެކު ދެމިތިބުމަށް ތާއީދުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ