- Advertisement -ad image

“އިންޑިއާ އައުޓް” ޝިއާރަށް ދިވެހިން ނުހެއްލޭނެ: ޝިފާޒު

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ އިންޑިއާ އައުޓު ހަރަކާތަށް ދިވެހިން ނުހެއްލޭނެކަން ކަށަވަރުވާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒު ކުރެއްި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އިންޑިއާގެ ދައުރެއް ނެތް ކަމަށް ދެކެނީނަމަ އިންޑިއާ ކަނޑުގައި އޮތުމަށް ދިވެހިން އެދޭ ދިވެހިންގެ ބޮޑު ދައުރު ކިތަންމެ ތަނަކުން ހަނިވާނެ ކަމަށެވެ.

“ އިންޑިއާ އައުޓު ” ޝިއާރަށް ދިވެހިން ނުހެއްލޭނެކަން ކަށަވަރު. ޝިފާޒު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިންޑިއާ އައުޓ ހަރަކާތާއި ދެކޮޅަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ #ބާކީނުވޭ ގެ ނަމުގައި ހޭޓެގެއް ވެސް ބޭނުން ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން އަންނަނީ ކޮންމެ ރެއަކުވެސް އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް މަގުމައްޗަށް ނިޖުމެ އަޑު އުފުލަމުންނެވެ. މި ހަރަކާތުގެ މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ ރައީސް ޔާމީނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ