ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ބިންހިއްކަމުންދާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން އެދިއްޖެއެވެ. އެގޮތުން އެޗްޑީސީިން ނެރުނު އިއުލާނެއްގައި ވަނީ މިއީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، މަސައްކަތަށް ހުރަސް އަޅާ ގޮތަށް އެޅިފައިވާ އުޅަނދުތައް އެ ސަރަހައްދުން ބޭރުކުރުމަށް ސުންގަޑިއެއް ދީފައެވެ.
އަދި އެޗްޑީސީން ވަނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިވާ ގޮތަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، 2025 ވަނަ އަހަރުގެ ނޮވެމްބަރ 6 ވަނަ ދުވަހުގެ 00:00 ގެ ކުރިން ނެގުމަށް އެދިފައެވެ. މި އުޅަނދުތައް ނެގުމަށް އެންގި ސަރަހައްދުތަކުގެ ޗާޓެއްވެސް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.
އެޗްޑީސީން ވަނީ މި މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.



