- Advertisement -ad image

ދޯންޏެއް ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

ސަފާރީއެއްގެ ކަފުގައި އޮތް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. އެގޮތުން މާލެއިން ފުރައިގެން ނ.ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް 23 ފޫޓުގެ “މާކޯނި” ނަމަކަށް ކިޔާ ފަރުމަސްވެރިކަން ކުރާ ދޯންޏެއް ކަނޑައިގެންގޮސް ގެއްލިފައިވާތީ، ދޯނި ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއާއި ދޯނީގެ ވެރިފަރާތުން ދަނީ ކުރަމުންނެވެ.

ރޭ 22:35 ހާއިރު ޅ.ކުރެންދޫގެ 1 މޭލު ބޭރުން ގެއްލުނު މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ