Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މިއަހަރުގެ ޚަރަދުތައް ޓާގެޓްގައި ބަހައްޓައި، ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް ޚަރަދުތައް ބަހައްޓައި، އިތުރު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަފުޅުދައްކަވަމުނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ މީގެ ކުރިން ކޮންމެ އަހަރަކުވެސް ސަރުކާރުތަކުން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާކަން ފާހަގަކުރައްވައި، މިއަހަރު އެކަން ތަކުރާރުނުވާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުވެސް އެގޮތަށް ރޭވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ޒަމީރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑު ދަރަންޏެއް ދައްކަންޖެހޭ އަހަރު ކަމަށެވެ. ނަމަވެސް ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ މިކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް އެއްވެސް ހުރަހެއް ނާންނާނެ ގޮތަށެވެ. މާލީ ވުޒާރާގެ އިކޮނޮމިސްޓުންނާއި އެމްއެމްއޭއިންވެސް ލަފާކުރާ ގޮތުގައި، ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެކެވެ.

އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސް ބޮޑުނުކޮށް ތަފާތު އިނޮވޭޓިވް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭޝަލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ބެލުމާއި، ބްލޮކްޗެއިން އަދި ޓޮކަނައިޒޭޝަން ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަސައްކަތް ކުރުން ހިމެނެއެވެ. “އަޅުގަނޑު ގަބޫލުކުރަނީ އެއަށްވެސް އިގްތިސާދު ފުޅާކުރުމުގައި ލިބިގެންދާނެ ކުރިއެރުންތަކެއް،” ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުން ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްފައި ނެތްކަން ފާހަގަކުރައްވައި، މި ސަރުކާރުން ދަރަނި ދައްކަމުންދާނީ ދެމެހެއްޓެނިވިގޮތެއްގައި ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ. އަދި ރީޖަނަލް އެއަރޕޯޓުތަކަކީ ދައުލަތަށް ފައިދާވާނެ ތަންތަނަށް ހެދުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ