Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

 ދުންފަތާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ރާއްޖެއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

“ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް- ޖީޖީޓީސީ”އިން މި އިންޓަރގްރިޓީ އެވޯޑު އަރުވާފައިވަނީ ކޮންފަރެންސް އޮފް ދަ ޕާޓީސް ކޮޕްގެ 11 ވަނަ ސެޝަނުގެ ތެރެއިންނެވެ. އަދި މިއެވޯޑާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަލްމާއެވެ.

މިއެވޯޑު ލިބިގެންދިޔުމަކީ، ރާއްޖެއިން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް ފާގަތި މުސްތަޤުބަލެއް ދިވެހީންނަށް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރާއްޖެއަށް މި އެވޯޑް ދިނުމުގައި ޖީޖީޓީސީއިން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި، އެ ޖަމްއިއްޔާއިން ކޮންމެ 2 އަހަރަކުން، 1 ފަހަރު ޝާއިއުކުރާ “ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް” ގައި ރާއްޖެއަށް ލިބިފައިވާ ސްކޯ ހިމެނެއެވެ. މި އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެފުށް ފެންނަ، އިހްލާސްތެރި އަދި ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާސަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމްއިއްޔާއިން ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނެއެވެ.

ދުންފަތާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ބައިނަލްއަޤުވާމީ މައިދާނުން ބަލައިގަންނަމުންދިޔުމާއި، ދެއްވަމުންދާ އެއްބާރުލުމުން ފެނިގެންދަނީ ރާއްޖެއިން މިކަމުގައި ދެގޮތެއް ނުވެ އަޅަމުންދާ ހަރުދަނާ ފިޔަވަޅުތައްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެގޮތުން ޔަގީންކަމާއެކު ސިޔާސަތުތަކަށް ޢަމަލުކުރަން ފެށުމާއި، ވަކިން ޚާއްސަކޮށް އިލެކްޓްރޯނިކް ސިގިރެޓާއި، ދުންފަތުގެ ބާވަތްތަކުން ނަގަމުންދާ ޑިއުޓީ ބޮޑުކުރުމާއި، ވަކި ޢުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ޤާނޫނަކުން މަނާކުރުމަށް އެޅި ވަރުގަދަ ފިޔަވަޅާއެކު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ “ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް-އެފްސީޓީސީ”ގެ ޤައުމުތަކަށް ނަމޫނާއަކަށް ވެގެން ގޮސްފައިވާކަން އެއިދާރާއިން ފާހަގަކުރައްވާކަމަށް ސަރުކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ