ތ. ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ.
އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސެންޓަރު ހުޅުވައި ދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ސަޢުދާނެވެ.
ތ. ވޭމަންޑޫ އައުޓްރީޗް ސެންޓަރ ގައި 2 ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނެއެވެ.
ވޭމަންޑޫގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވުމަށް ނޮވެމްބަރު މަހުގެ ތެރޭގައި އެ ރަށަށް ވަޑައިގެންނެވިއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.



