Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

‘އަލިމަގު’ އޮޕަރޭޝަނުގައި 110 މީހުން ހައްޔަރުކޮށް، 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަން ކަމަށްވާ “އަލިމަގު” އޮޕަރޭޝަނުގައި ޖުމްލަ 110 މީހުން ހައްޔަރުކޮށް، 23 މިލިޔަން ރުފިޔާގެ މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ސާމާނު އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ވިއްކާ ތަންތަނަށް ޢަމާޒުކޮށް މިމަހުގެ 13 ވަނަ ދުވަހު ފެށި، ފުލުހުންގެ ގިނަ ޓީމްތަކެއް ބައިވެރިވި ކާމިޔާބު މަސައްކަތެކެވެ.

“ސަންގު ޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި މި އޮޕަރޭޝަންގެ ތަފްސީލު ހާމަކުރައްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ، މި އޮޕަރޭޝަނުގެ އެންމެ ބޮޑު މަޤްޞަދަކީ މަސްތުވާތަކެތި މަގުތަކަށް ނުކުތުން ހުއްޓުވުން ކަމަށެވެ.

ވަޒީރު އަލީ އިޙުސާން ވިދާޅުވީ، “އަލިމަގު” އޮޕަރޭޝަނަކީ ފުލުހުން 6 މަސް ދުވަހުގެ އިންޓެލިޖެންސް ތަޙުޤީގުތަކަށްފަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު 110 މީހުންގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ތަންތަން ވަނީ ބަންދުކޮށް، އެތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް އޮތީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމާއި މި ތަކެތި ވިއްކާ ފަރާތްތައް ހުއްޓުވުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުރިއަށްގެންދިޔަ އެކިއެކި އޮޕަރޭޝަންތަކުގައި 2.2 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ވެސް ވަޒީރު އަލީ އިޙުސާން ވަނީ ހާމަކުރައްވާފައެވެ. މިފަދަ ބޮޑެތި އޮޕަރޭޝަންތަކުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ރައްޔިތުންނަށް ގެއްލުންދޭ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު އިޙުސާން އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރި ފަރާތްތަކުން ރައްޔިތުންނަށް ދިން ބޮޑު ގެއްލުމާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، އިސްލާމީ ޝަރީޢަތުގައި ޤާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު އެމީހުންނަށް ދޭނެކަމަށެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް، މިކަމާ ގުޅޭ ޤާނޫނުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހުތަކެއް ހުށައެޅުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ