Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލުމުގެ ބިލް މަޖިލީހުން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސުންނަށް އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ދެމުން އަންނަ އިނާޔަތް ކަނޑާލުމުގެ ބިލު މަޖިލީހުނ ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ވޯޓާއެކުގައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުން، ކުރީގެ ރައީސަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175,000ރ. ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހެއެވެ. ނަމަވެސް، މަޖިލީހުން ފާސްކުރި އިސްލާހުގައި ވަނީ މި މާއްދާ މުޅިން އުނިކުރުމަށް ހިމަނައިފައެވެ.

 ބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތަކަށް މި ގާނޫނުން ދޭ މާލީ އިނާޔަތް މެދުކަނޑައިލެވޭނެ އިތުރު ހާލަތެއް ވެސް ހިމަނައިފައެވެ. މިހާރުގެ ގާނޫނުގައި އޮންނަ ގޮތުން މާލީ އިނާޔަތް މެދުކެނޑޭނީ އެ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، އެ މަގާމުން ވަކިވަންދެނެވެ. ނަމަވެސް އައު އިސްލާހުގައި ބުނެފައިވަނީ، ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބު ވާ މުއްދަތުގެ އިތުރުން، ދައުލަތުގެ އެ ނޫން ވެސް މަގާމަކާ ހަވާލުވާ ނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ވެސް މާލީ އިނާޔަތް މެދުކެނޑޭނެ ކަމަށެވެ.

ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުން، ކުރީގެ ރައީސަކާއި އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފްއިން ހަމަޖައްސައި ދޭން ޖެހެއެވެ. ނަމަވެސް މި ބިލްގައި ވަނީ އެ މީހަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހެއްނަމަ، ރާއްޖޭން ބޭރުގައި ދިރިއުޅޭ މުއްދަތުގައި އެ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމް ނޫން ކަމަށް ބަޔާންކޮށްފައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތުގެ ގޮތުގައި ހިމެނެނީ، އެއް ދައުރު ކޮށްފައިވާ މީހަކަށް މަހަކު 50,000ރ. ރުފިޔާ، އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް މަހަކު 75,000ރ. އެވެ. މީގެ އިތުރުން، އެމީހުން ދިރިއުޅޭނެ ތަނުގެ ހަރަދުތަކަށް ކޮންމެ މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ، އެމީހާގެ އަނބިމީހާ އެހެން ކައިވެންޏެއް ކުރަންދެން، އެ މާލީ އިނާޔަތް ދައުލަތުން ދޭންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ. ދަތުރުފަތުރުގެ ވަސީލަތްތައް ވެސް ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދޭން ޖެހެއެވެ.

މީގެއިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް 30،000ރ. އިނާޔަތެއް ދޭން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.

މިދިޔަ ބުރާސްފަތީގައި ހުށަހެޅި މި ބިލްގައި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމާބެހޭ މާއްދާއެއް ގާނޫނަށް އިތުރުކުރަން ހިމެނި އިރު، އޮތީ 25،000ރ. އިނާޔަތެއް ދިނުމަށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ބިލް ދިރާސާކޮށް ފާސްކުރީ އެ އަދަދު 30،000ރ. އަށް ބޮޑުކޮށްފަ އެވެ.

މީގެ ކުރިން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އެއްވެސް އިނާޔަތެއް ދޭ ގޮތަށް ގާނޫނަކު ނޯވެއެވެ.

މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމެވެ.

އެހެންކަމުން މި ގާނޫނުގައި ބަޔާންކުރާ އިނާޔަތް ލިބިވަޑައިގަންނަވާނީ ވެސް ފައިސަލަށް އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ