Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ސްކޫލުތަކުގެ އާ ޔުނީފޯމު: ގްރޭޑް 4 އިން މަތީގެ އަންހެން ދަރިވަރުންނަށް ހަރުވާޅު ލާޒިމްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު އެއްގޮތްކޮށް، ވަކި ކުލަތަކެއްގައި ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން، އާ ޔުނީފޯމުގެ އުސޫލުތައް ސްކޫލްތަކަށް ފޮނުވައިފިއެވެ. މި އާ އުސޫލުގައި އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އަންހެން ދަރިވަރުންގެ ޔުނީފޯމަށެވެ. އެގޮތުން، ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުންގެ ޔުނީފޯމުގައި ހަރުވާޅު ލުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

އާ އުސޫލުގެ ތަފްސީލަށް ބަލާއިރު، ބުރުގާ ނާޅާ އަންހެން ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެ އެވެ. ނަމަވެސް އެ ކުދިންގެ ގަމީހުގެ އަތް ކުރުކޮށް ނުވަތަ ދިގުކޮށް ބެހެއްޓުމުގެ އިޚްތިޔާރު ވަނީ ދީފަ އެވެ. ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓް ލުމާއި ނުލުމުގެ އިޚްތިޔާރު އޮންނާނެ އެވެ. ސްކާޓް ލާނަމަ، ކަކުލުން ތިރިއަށް ދެ އިންޗި ދިގުކޮށް، އޭގެ ދަށުން ހަރުވާޅު ލާން ޖެހޭނެ އެވެ. އަދި ސްކާޓް ނުލާ ނަމަ، ލާ ހަރުވާޅު ބެގީކޮށް ނުލެވޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. ހުރިހާ އަންހެން ދަރިވަރުންގެ ވެސް ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވިފައި، އެއަށްވުރެ 2 އިންޗިއާއި 4 އިންޗިއާ ދެމެދު ދިގުކޮށެވެ. ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1 (ޔޫކޭޖީން ގްރޭޑް 3 އަށް) ގެ ދަރިވަރުންނަށް ހަރުވާޅު ލުމާއި ނުލުމުގެ އިޚްތިޔާރު ވަނީ ދީފަ އެވެ.

މި އާ އުސޫލުގައި ޔުނީފޯމުގެ ކުލަތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. ހުރިހާ ދަރިވަރުންގެ ރަސްމީ ޔުނީފޯމުގެ ގަމީހުގެ ކުލަ އަކީ ހުދު، މަޑު ރަތް، އުޑުނޫ ނުވަތަ ޓީލް ގްރީންގެ ތެރެއިން ކުލައެކެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނުވަތަ ނޭވީ ބްލޫ ކުލައިގަ އެވެ. ފިރިހެން ދަރިވަރުންނަށް ޓައީ އެޅުމުގެ ގޮތްތައް ކަނޑައަޅާފައިވަނީ ކީ ސްޓޭޖްތަކަށް ބަލައިގެންނެވެ؛ ކީ ސްޓޭޖް 3-5 ގެ ދަރިވަރުން ޓައީ އެޅުން ސްކޫލަށް ދޫކޮށްލާފައިވާއިރު، އެއަށްވުރެ މަތީގެ ދަރިވަރުން ޓައީ އެޅުން ލާޒިމް ކުރެ އެވެ. ބުރުގާ އަޅާ ދަރިވަރުންނަށް ޔުނީފޯމާ އެއްކުލައިގެ ނަމަވެސް ގަދަ ކުލައެއްގެ ބުރުގާ ނުވަތަ ނޭވީ ބްލޫ، ރޯޔަލް ގްރީން، ޑާކް ރެޑް އަދި ހުދު ކުލައިގެ ބުރުގާ އެޅުމުގެ އިޚްތިޔާރު ވެސް ދީފައިވާއިރު، ކޮންމެ ސްކޫލަކުން އެޅޭނެ ކުލައެއް ކަނޑައަޅާނީ އެވެ.

ސްކޫލުތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށް ފަހު ހަމަޖެއްސި މި އުސޫލަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މި އުސޫލަށް އަމަލުކުރުން ލަސްކުރީ، ސްކޫލުތަކަށާއި ބެލެނިވެރިންނަށް މި ބަދަލުތަކަށް ތައްޔާރުވުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ