Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ހުޅުމާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ ބޭނުން ނުކުރާ އުޅަނދުތައް ނަގަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ބޭނުން ނުކުރާ އުޅަނދުތައް ނެގުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅިގެން ނަގާނެއެވެ. މިއީ ހުޅުމާލޭގެ މަގުތައް ބޭނުން ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހުޅުމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. ހުޅުމާލެ ފޭސް 2 ޓޯވް ޔާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު މުޙައްމަދު އަމީންގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރާއި، އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރޮގްރާމުގައި އެޗްޑީސީން ހިމެނޭހެން ސަރުކާރު ހިއްސާވާ 9 ކުންފުންޏަކާއި ޕަބްލިކް ވޯކްސްއިން ބައިވެރިވެއެވެ. މި ޕްރޮގްރާމު 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުގެ ސަބަބުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. ވަޒީރު ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކުރައްވާ، އެފަދަ އުޅަނދުތައްވެސް ނެގުމަށް އިލްތިމާސްކުރައްވާފައެވެ.

“ވިޔަފާރި އުސޫލުން ރެޖިސްޓްރީނުކޮށް އުޅަނދުތައް ބަހައްޓާފައި ހުރި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވިޔަފާރި އުސޫލުން އެހެން ކަންކަންވެސް ކުރައްވާ ގޮތަށް އަމިއްލަ ތަނެއްގައި އެއެއްޗެހި ބަހައްޓަން ޖެހޭނީ.” ވަޒީރު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިގޮތަށް އުޅަނދުތައް ދޫކޮށްލާފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ލިބޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވީ މިފަދަ އޮޕަރޭޝަންތައް ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގައި ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭތީ އެކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ