ތިލަމާލެ ބުރިޖުގެ މަޝްރޫއު ހަދަން ނަމުގައި އިންޑިއާ ސިފައިން ރާއްޖެއަށް އެތެރެ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މުއްދަތަށް ބުރިޖު ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްބުނެ މިއަދު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ. ޝިޔާމް ވިދާޅުވީ އިންތިހާބުގެ ކުރިއަށް ބުރިޖު ހެދުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން މި ޕްރޮޖެކްޓް ކޯޓާގައި އެތެރެ ކުރަން ކަމަށެވެ.
އަދި މިހާރުވެސް ރާއްޖޭގައި އެކި މަސައްކަތްތެރިންގެ ގޮތުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށްބުނެ އިދިކޮޅުން ގެންދަނީ އިންޑިއާއައުޓް ކެމްޕެއިން އެއްވެސް ގެންދަމުންނެވެ.