ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހު 35.18 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ. މި ފައިސާއަކީ އިޖުތިމާޢީ ރައްކާތެރިކަމުގެ ސްކީމްތަކުގެ ތެރެއިން، ބޭސްފަރުވާގެ ހަރަދުތައް ބެލެހެއްޓުމަށް ދަތިވާ ފަރާތްތަކަށް ދޫކޮށްފައިވާ އެހީއެވެ. ޖުމްލަ 35,183,387.59 ރުފިޔާގެ މި އެހީގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ލިބިގެންދިޔައެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި ޚަރަދުތައް ބެހިފައިވަނީ ދެ ބަޔަށެވެ. ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް 14،598،784.82 ރުފިޔާ ދޫކޮށްފައިވާއިރު، ރާއްޖޭގެ ތެރޭގައި ހިންގި ފަރުވާތަކަށް 20،584،602.77 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިދިޔަ މަހު ބޭސްފަރުވާއަށް އެންމެ ގިނައިން ޚަރަދުކުރި ބަލިތަކުގެ ތެރޭގައި ކެންސަރާއި، ކަށީގެ ބަލިތައް އަދި ވިހެއުމުގެ ކަންކަން ހިމެނެއެވެ. ޖުމްލަ 22 ބާވަތެއްގެ ބައްޔަށް ފައިސާ ދޫކޮށްފައިވާއިރު، އެންމެ ގިނަ ވޭދަނަ (135) އަށް ފައިސާ ދޫކޮށްފައި ވަނީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އަދި ކަށީގެ ބަލިތަކުގެ 130 ވޭދަނައަކަށާއި، ވިހެއުމާއި ގުޅޭ 124 ވޭދަނައަކަށް އެހީ ދީފައިވެއެވެ. މީގެ އިތުރުން ނޭވާލާ ނިޒާމްގެ ބަލިތަކުގެ 112 ވޭދަނައަކަށް ވެސް މާލީ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.
ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ އިތުރުން އެންސްޕާއިން ދަނީ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހެނިހެން ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މާލީ އެހީއާއި، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ އެހީގެ ޕްރޮގްރާމްތައް ހިމެނެއެވެ.



