- Advertisement -ad image

ތުރުކީގައި އޮންނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ތުރުކީވިލާތުގައި މިއަހަރުގެ ސެޕްޓެމްބަރު 29 އިން އޮކުޓޫބަރު 10 އަކަށް އޮންނަ 8 ވަނަ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ އެއް ބައިވެރިއަކަށް ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ރާއްޖެއަށް ދައުވަތުލިބިފައިވަނީ،

1 މުޅު ގުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވުން

2 ތަޖުވީދުމަގުން ރީތިކޮށް ގުރުއާން ކިޔަވަން އެނގުން.

މުބާރާތުގައި ބައިވެރިވުމުގެެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން، އިންޓަރނޭޝަނަލް މުބާރަަތެއްގައި މީގެ ކުރިން ބައިވެރިވެ އެއްވަނަ ހޯދާފައިވާ ފަރާތެއް ކަމުގައި ނުވުން، ތުރުކީގެ ބައިނަލްއަގުވާމީ މުބާރާތެއްގައި މީގެކުރިން ބައިވެރިވެފައި ނުވުން، އިސްލާމީ ދުނިޔޭގައި މަޝްހޫރު ގާރީ އެއްކަމުގައި ނުވުން އަދި ދިވެހިރައްތެއް ކަމުގައިވުން ހިމެނެއެވެ.

މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު 15 ޖޫންގެ ކުރިން ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ